ENGLISH
30 އޮކްޓޯބަރު 2025
އިސްދޫއަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދީ، ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2025
|
އިސްދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން މުޅި ރާއްޖޭގައި ފުޅާކުރަމުން އަންނަ ބޭންކިން ނިޒާމުގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ލ. އިސްދޫއަށް ފޯރުކޮށްދީ، އެރަށުގައި ތަރައްޤީކުރާ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އިސްދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއަރމަންއާއި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
އިސްދޫގައި މިއަދު އޭޓީއެމްގެ ޚިދުމަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
އިސްދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އެ މަޝްރޫޢު އިސްދޫގައި ހިންގާނީ ވެމްކޯއިންނެވެ. ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރާއި މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުުޅުގައި އިސްދޫ - ކަލައިދޫގައި މުހިއްމު އިތުރު މަޝްރޫޢުތަކެއް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. އެގޮތުން އިސްދޫ - ކަލައިދޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި އިސްދޫ - ކަލައިދޫގައި ހޮސްޕިޓަލް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އިސްދޫ - ކަލައިދޫގެ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުން ފާހަގަކުރެވެއެވެ.
ހަންދުންމަތީގައި މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ 11 ރަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.