ENGLISH

06 ޖުލައި 2025

Advertisement

ބައިނަލްޤްވާމި ޒަކާތު ކޮންފަރެންސް މިއަދު ފަށައިފި

28 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ބައިނަލްއަޤްވާމި ޒަކާތު ކޮންފަރެންސް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ބައިނަލްއަޤްވާމީ ފުރަތަމަ ޒަކާތު ކޮންފަރެންސް މިއަދު ފަށައިފިއެވެ. 

ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ މިކޮންފަރެންސްގައި މެލޭޝިއާގެ އެކި މުއައްސަސާތަކުންވެއެވެ.  އިސްލާމީ މަރުކަޒުގައި ކުރިއަށްދާ ކޮންފަރެެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރު ކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ޒަކާތު ހައުސް އުފެއްދެވުމުން ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށް ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން، ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އިދާރީ ގޮތުން މި ނިޒާމް ހަރުދަނާ ކުރުމާ އަދި މުސްތަޤްބަލުގައި މީގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް މިދަނީ މަސައްކަތް ކުރަމުން. އަދި މިޒަމާނުގެ ހާލަތަށް ބަލާ ޒަކާތް ބެހެވޭ ގޮތް ފުޅާކުރެވޭ ޝާރުޢީ ހަމަތައްވެސް އަޅުގަނޑުމެން މިދަނީ ދިރާސާކުރަމުން." - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

މި ކޮންފަރެންސް މިރޭގެ ނިިޔަލަށް ކުރިއަށްދާއިރު، 4 ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅު ދެއްކެވުމާއި 4 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު