ENGLISH

22 އޮކްޓޯބަރު 2025

Advertisement

ގަމު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް، އިތުރު ގިނަަ މަޝްރޫޢުތަކެއް

22 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަން ނިންމުން

ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއްގައި ސޮއިކުރައްވާފަ އެވެ.

އެގޮތުން ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލ. ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމާއި، ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގެ އުތުރު ފަރާތުގައި ޤާއިމުކުރާ އައު ބަނދަރު މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފަ އެވެ. އަދި ދާދި އަވަހަށް، ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުކުރައްވައި، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި މުޅި އަތޮޅަށް އާރް.ޓީ.އެލް ޚިދުމަތް ފުޅާވެގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރެއްވުމާއި، ސްކޫލަށް ބޭނުންވާ ބިނާރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްގެންދަވާނޭކަމަށްވެސް އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު