ENGLISH

22 އޮކްޓޯބަރު 2025

Advertisement

ގަމުގައި 300 ހައުސިން ޔުނިޓް، ގަމަށް ބަދަލުވި މީހުންނަށް ބައިލައްކަ ރުފިޔާ

21 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ގަމުގައި 300 ހައުސިން ޔުނިޓް ޤާއިމުކުރަން ވަނީ ނިންމާފައި --

މިއަހަރުގެ ތެރޭގައި، ލ. ގަމުގައި 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް ފަށަން ނިންމަައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ ގަމުގައި 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެވެ.

ގަމުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލ. ގަމުގައި 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ ހަލުވި ބާރު މިނުގައ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ޚަލާޞްކޮށްދެއްވާނޭކަމުގައި ވިދާޅުވި އެވެ.

މިރޭ ސޮއިކުރި، ލ. ގަމުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، 100 ހައުސިންގ ޔުނިޓުގެ އިތުރު މަޝްރޫޢެއް ހިމެނޭގޮތަށް ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭކަމުގައި ވިދާޅުވެފަ އެވެ. މި މަސައްކަތުގެ އިތުރުން، އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ޚަލާޞްކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދަށް އިޝާރާތްކުރައްވަމުން، އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައި ކަމަށް ވިދާޅުވިއެވެ.

ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މަޢުލޫމާތުތައް ހޯއްދެވުމަށްފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ޙައްޤުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު