ENGLISH
22 އޮކްޓޯބަރު 2025
ވަޢުދު ފުއްދެވުން ރަނުން ރަނަށް: ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި
21 އޮކްޓޯބަރު 2025
|
ހިތަދޫގައި ފުލުހުންގެ މަރުކަޒުގެ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތް ފެށުން --
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުރިހަމަ ކުރައްވައިފި އެވެ.
ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންފަ އެވެ. އެކަމަށް ތާރީޚެއްވެސް ކަނޑައެޅުއްވި އެވެ.
ނަމަވެސް އެ ތާރީޚުގެ ދެ މަސް ދުވަސްކުރީން އެ ވަޢުދުފުޅު ވަނީ ފުރިހަމަވެގެން ގޮސްފަ އެވެ. މިރޭ ގަމުގައި އޮތް ޖަލްސާގައި ރަައީސް ވިދާޅުވީ މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
"މިއަދު ހަވާރިު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމްކޮށް ނިންްމާފައި.5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ޚިދުމަތް ޤާއިމް މިކުރީ," ކަނޑައެޅުއްވި ތާރީޚަށް ވުރެ ދެ މަސްދުވަސް ކުރީން ވައުދުފުޅު ފުރިހަމަ ކުރެއްވުނުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް މިންވަރަކަށް ޤާއިމުވެފައި ނެތް 66 ރަށް އޮތެވެ. އަދި ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން ދަނީ އަމިއްލަ މީސް މީހުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. ގިނަ ރަށްރަށުގައި ފުލުހުން ޤާއިމުވެ ތިބީ ކައުންސިލުން ދެއްކި ތަނެއްގައި ކަމުގައި ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދިނުމުގެ އިތުރުން ފުލުހުންގެ މަރުކަޒުތައް ހުރިހާ ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް 99 ރަށެއްގައި ޤާއިމު ކުުރުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ވިދާޅުވި އެވެ.