ENGLISH

22 އޮކްޓޯބަރު 2025

Advertisement

އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

21 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

އެކަން އިޢުލާނު ކުރެއްވީ ހައްދުންމަތީ ގަމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން އެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5,878 ފަރާތެއް އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން," ރައީސް ވިދާޅުވި އެވެ.

އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

އެކަނިވެރިމައިންނަށް ދައުލަތުން މިހާތަނަށް ދެމުން އައީ 2000 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު