ENGLISH

21 އޮކްޓޯބަރު 2025

Advertisement

ލޭ ލިބުން ދަތިވެއްޖެކަމަަށް ވިދާޅުވެ ގަރާރެއް ހުށަހެޅުމަށްފަހު އެމްޑީޕީ މެންބަރުން ވޯޓުގައި ބައިވެރިނުވި

21 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ގަރާރު ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު

ލޭ ލިބުން ދަތިވެފައިވާކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އެހުމުން އެމްޑީޕީ މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަތެވެ. 

މަޖިލީހަށް މެންބަރު ހުށަހެޅުއްވި ގަރާރުގައި މިހާރު ތެލެސީމިޔާ ކުދިންނާއި ކުއްލި އެކި ހާލަތްތައް މެދުވެރިގެން ލޭ ބޭނުންވާ މީހުންނަށް ލޭ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ލޭ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި ސަރުކާރުން ނުކުޅެދިފައިވާކަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ. 

މި ގަރާރަށް ބަހުސްކުރުމަށް ދިން ފުރުސަތަށްފަހު މަޖިލީހުގެ ޖަލްސާ ނިންމައިލުމުގެ ކުރިން އެ ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހިއެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ތަޅުމުގައި ވަޑައިގެން ނެތެވެ. 

އެވަގުތު ގަރާރަށް ވޯޓު ދެއްވަން ތަޅުމަށް ވަޑައިނުގަންނަވާ މެންބަރުންގެ ތެރޭގައި މަޖލީހަށް ގަރާރު ހުށަހެޅުއްވި މެންބަރު ކުޑޫވެސް ހިމެނިވަޑައިގަންނަވައެވެ. 

މި ގަރާރާ ގުޅިގެން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ މެންބަރުންވަނީ އެމްޑީޕީގެ ފާއިތުވި ފަސް އަހަރު ރާއްޖޭގެ ތެލެސީމިއާ ކުދިންގެ ހާލަތު ހުރި ގޮތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ ދާއިރާއަށް ގެންނެވި ހެޔޮ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައި، މަޖިލީހުގައި ކަންކަން ހިނގަމުންދިޔަ ގޮތް ސާފުކޮށްދެއްވާފައެވެ. 

ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ފަސް އަހަރުގެ ދައުރުގައި ބްލަޑް ސާވިސްގެ ހިދުމަތްތައް ރަނގަޅުކޮށް ތެލެސީމިއާ ސެންޓަރާމެދު ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އެއިރުގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނެތް ނަމަވެސް ރައީސް ޑރ.މުޢިއްޒުވަނީ އެ ދާއިރާގެ ހިދުމަތްތައް ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު