ENGLISH
21 އޮކްޓޯބަރު 2025
ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
21 އޮކްޓޯބަރު 2025
|
ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މި މަސައްކަތް ފައްޓަވައި ދެއްވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުލް ލަޠީފް މުޙައްމަދު އެވެ.
ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހު 22 ވަނަ ދުވަހު އެވެ.
މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް އެވެ.
ދިއްދޫގައި މިހާރު ހުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒެކެވެ. އާ ފިޓްނެސް ސެންޓަރާ އެކު، ދިއްދޫގެ ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ މީހުން ކަސްރަތު ކުރުމާއި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.