ENGLISH
03 ފެބްރުއަރީ 2026
އދ. އޮމަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް
21 އޮކްޓޯބަރު 2025
|
އދ. އޮމަދޫގައި ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ: އެމްޓިސީސީ
އެންމެ މަޤްބޫލު
އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ހިލަތައް އެ ސަރަޙައްދަށް ބޭލުމުގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރިއަަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
އޮމަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އޮތީ ހުއްޓިފައެވެ.
އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް 2024 ވަނަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކުރިން ހަދާފައިވާ އދ. އޮމަދޫ ބަނދަރު 25 ވަރަކަށް އަހަރު އަލުން ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި، ތަރައްްޤީގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލަންޖެހެއެވެ.