ENGLISH
20 އޮކްޓޯބަރު 2025
ކެމްޕޭނެެއް ނެތި މިދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކަށް ރައީސް ޑރ.މުޢިއްޒު
20 އޮކްޓޯބަރު 2025
ލ. ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތަކީ، އިންތިޚާބެއްގެ ކެމްޕޭން ދުވަސްތަކަކަށް ނުވާ ގޮތަށް، ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިވާ ރައީސަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތް ކަމަށް ކުނަހަންދޫ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މިއަދަކީ އެރަށަށް ތާރީޚީ ދުވަހެއްގެ ގޮތުގައި ރައްޔިތުން ދެކެ އެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބު ވެސް ވަނީ އެކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފަ އެވެ.