ENGLISH

20 އޮކްޓޯބަރު 2025

Advertisement

އދ. ކުނބުރުދޫގެ ފުލުހުންގެ އިމާރާތުގެ މަސައްކަތް ފަށައިފި

20 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، އދ. ކުނބުރުދޫގައި ޕޮލިސް ޕޯސްޓް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ޕޮލިސް ޕޯސްޓްގެ ގްރައުންޑް ބީމް ރެއިންފޯސްމަންޓްގެ މަސައްކަތް ކަމަށެވެ.

ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އދ. އަތޮޅަށް މި މަހު  ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަަހަރު ނިމޭއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު