ENGLISH

03 ފެބްރުއަރީ 2026

Advertisement

ތިނަދޫ ކޯލްޑް ސްޓޯރޭޖުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

20 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ގދ. ތިނަދޫގައި އިމާރާތް ކުރާ ކޯލްޑް ސްޓޯރޭޖްގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ  މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ އިދާރީ އިމާރާތާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތާއި، ކެމިކަމް އަދި ލޮނު ރައްކާކުރާ ގުދަނުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިދާރީ  އޮޮފީސް އިމާރާތް ކުރުމުގެ 48 އިންސައްތަ މަސައްކަތް ނިމި، ކެމިކަލް އަދި ލޮނު ރައްކާކުރާ ގުދަނުގެ 56 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ތިނަދޫ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތް ހުއްޓިފައިވަނިކޮށް މި ސަރުކާރުން އަންނަނީ އެ ފެސިލިޓީގެ މަސައްކަތް ފަށައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކޯލްޑް ސްޓޯރޭޖްގެ ދަތިކަމެވެ. އެހެންކަމުން

ތިނަދޫ ކޯލްޑް ސްޓޯރޭޖް ނިންމައި މި އަހަރު ބޭނުން ކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

ތިނަދޫގައި އިމާރާތްކުރާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ނިމުމުން، އެ ސަރަޙައްދުގެ މަސްވެރިންނަށް ގިނަ ދުވަހަށް މަސްރައްކާކޮށް ބެހެއްޓުމުގެ އިތުރުން، އެރަށުގެ އިޤްތިޞާދަށް ވެސް ގިނަ ފައިދާވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު