ENGLISH

06 ޖުލައި 2025

Advertisement

ކޮރަޕްޝަން ނައްތާލުމަށް ޒުވާނުންގެ ދައުރު މުހިންމު: ވަޒީރު ޢަލީ އިޙްސާން

28 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ކޮރަޕްޝަން ނެތް މުޖުތަމައެއް ބިނާކުރުމަށް ޒުވާނުންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުން މުހިންމު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ތަންފީޒީ އިދާރާތަކާ ގުޅޭ ވަޒީރުންގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިހްސާން ވިދާޅުވިއެވެ. 

"ކޮރަޕްޝަންގެ ޢަމަލަކީ ޤައުމުތަކުގެ ތަރައްޤީއަށް ލޮޅުން އަރައި، އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރުތަކެއް ކުރާ ޢަމަލެއްކަން" - ވަޒީރު ވިދާޅުވިއެވެ.

 

ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެންނެވެ. އެގޮތުން އޯއައިސީން ބާއްވާ މި ބައްދަލުވުމުގެ ސަބަބުން ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ކޮރަޕްޝަން ނައްތާލުމަށް ޕްލޭންތައް އެކުލަވާލުމަށް މަގުފަހިވާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

"އައު އީޖާދުތަކާއި ޓެކްނޮލޮޖީ އަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި މުހިންމު އެއްޗެއް. އޮފީސްތަކާއި އިދާރާތަކުގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކަކީ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ހަދާފައި ހުންނަ އެއްޗަކަށް ވާނަމަ، ވަރަށް ބޮޑަށް ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރެވޭނެ" - ވަޒީރު ޢަލީ އިޙްސާން

މީގެއިތުރުން، ވަޒީރު ޢަލީ އިޙްސާން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާ ގުޅިގެން ރާއްޖޭގައި "ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކުރުން" މިނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ފޯރަމަށް އޯއިސީގެ ޤައުމުތަކަށް ދަޢުވަތު ދެއްވާފައެވެ. މި ފޯރަމް އޮން ނާނީ އަންނަ އަހަރުގެ މެއިމަހުގެ ހަޔަކުން ހަތަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު