ENGLISH
03 ފެބްރުއަރީ 2026
ދ.މާއެނބޫދޫ ބިން ހިއްކުމަށް ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
20 އޮކްޓޯބަރު 2025
|
އެންމެ މަޤްބޫލު
ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބަންޑް ވޯލް ޖަހަނީ ހިއްކަން ހަމަޖެހިފައިވާ ސަރަޙައްދު ފާހަގަކުރުމުގެ ގޮތުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާއެނބޫދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، އެރަށު ތަރައްގީއަށްޓަކައި އެންމެ ބޮޑަށް އުންމީދުކުރާ މަޝްރޫއު ކަމަށްވާ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ލަސްތަކެއްނުވެ ފެށިގެންދާނެކަމަށެވެ. އަަދި ހަލުވި ދުވެލީގައި މަސައްކަތް ކުރިއަށް ގެންދަވައި، 30 ހެކްޓަރުގެ ތެރެއިން ދެ ހެކްޓަރު ވަކިން ވަކި ރަށެއްގެ ގޮތުގައި ހިއްކާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާއެނބޫދޫގައި 30 ހެކްޓަރުގެ ބިން ހިއްކުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ވެސް މެއެވެ. އެ ވަޢުދުފުޅާ އެއްގޮތަށް އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ދާނެކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ރައީސް ވަނީ ދެއްވައިފައެެވެ.