ENGLISH
20 އޮކްޓޯބަރު 2025
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް: ހދގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި
19 އޮކްޓޯބަރު 2025
|
ތުޅާދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ތިލަދުންމަތީ ދެކުނުބުރީ -- ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުުހުންގެ މަރުކަޒުތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ފަސް އަތޮޅެއްގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފަ އެވެ. އެއީ;
* ގއ. އަތޮޅު
* ވ. އަތޮޅު
* ތ. އަތޮޅު
* ފ. އަތޮޅު
* ކ. އަތޮޅު
މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ. އަދި ގިނަ ރަށްތަކެއްގައި އެފަދަ މަރުކަޒުތައް ހަދައިދޭނެ ބަޔަކު ހޯދަން ވަނީ އިޢުލާނު ކޮށްފަ އެވެ.
ރަށްރަށުގައި ފުލުހުން ޤާއިމުވެ ތިބޭނެ ގޮތް ވުމަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އެއީ ރަށްރަށުގައި ކުށްކުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.