ENGLISH

20 އޮކްޓޯބަރު 2025

Advertisement

ތިން މިލިއަން ސިނގިރޭޓް ނައްތާލައިފި

19 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ތިން މިލިއަން ސިނގިރޭޓް ނައްތާލުން -- ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ވަނީ ބުނީ މި ތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ. ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

ދުންފަތުން ދުރުވެފައިވާ ދުޅަހެޔޮ މުޖްތަމަޢުއެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްސަ މަސައްކަތްތަކެއްް ފައްޓަވާފަ އެވެ. އެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގައި ވޭޕް މަނާކޮށް ދުންފަތާއި ގުޅޭ ކަންކަން ވަނީ ހަރުކަށި ކޮށްފަ އެވެ.

އެ ފިޔަވަޅު އެމަނިކުފާނު އެޅުއްވީ ދުންފަތުގެ ވަބާ އޮތީ މުޅި މުޖްތަމައުގައި ވަރަށް ބޮޑުވެފައި ވަނިކޮށެވެ. ޚާއްސަކޮށް ވަރަށް ޅަ އުމުރުގައި ދުންފަތުގެ ތެރެއަށް ދެ ޖިންސުންގެ ކުދީން ދިއުމުގެ ކަންބޮޑުވުން މުޅި މުޖްތަމައުގައި އޮއްވަ އެވެ.

އެ ފިޔަވަޅުތައް ސިއްޙީ މާހިރުންނާއި ވަރަށް ގިނަ ޢާންމުން ތާޢީދު ކުރެ އެވެ. ސިޔާސީ މަޤްސަދެއްގައި ކަންކަން އޮޅުވާލުމަށް ވާހަކަ ދައްކާ މަދު ބަޔަކު ނޫނީ އެކަމާއި ދެކޮޅެއް ނުހަދަ އެވެ.

ކިޔުންތެރިންގެ ހިޔާލު