ENGLISH

07 އޭޕްރީލު 2025

Advertisement

ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ޑިސެމްބަރު 25 ގެ ކުރިން ހަމަވާނެ: ފައިސަލް

28 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް.

ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަނޑައެޅި އަމާޒު، ޑިސެމްބަރު 25 ގެ ކުރިން ޙާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ވިދިވިދިގެން ފަސް ވަނަ ފަހަރު ރާއްޖެއަށް ލިބުމާއި ގުޅިގެން ބޭއްވި ޚާއްސަ ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން މި އަހަރަށް އަމާޒުކޮށްފައިވާ ޓާގެޓް އަވަސް މުސްތަގުބަލެއްގައި ހާސިލްވާނެ ކަމަށެވެ. އަދި މިއީ އާ ރެކޯޑަކަށް ވެސް ވެގެންދާނެކަ މަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެވްރެޖްކޮށް ދުވާލަކު 5،000 ފަތުރިން މިހާރު ރާއްޖެ ޒިޔާރަތް ކުރާ ކަމަށާއި މި އަދަދަށް ބަލާ ނަމަ ޑިސެމްބަރު މަހުގެ 25 ގެ ކުރިން އަމާޒަށް ވާސިލްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަދި މިހާރު އެރައިވަލްސް ހުރި ވަރަށް ބަލާއިރު އަޅުގަނޑުމެންނަށް ޑިސެމްބަރު މަހުގެ 25، އެންމެ ލަސްވެގެން ދެ މިލިޔަން ހަމަކުރެވޭނެ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް ދުވަސްތައް ފެށުމުން ޑެއިލީ އެވްރެޖް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް. އެހެންވީމަ އެއަށްވުރެ އަވަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އަދި މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ ފެބްރުއަރީ މަހު އެވެ.  

ކިޔުންތެރިންގެ ހިޔާލު