ENGLISH

20 އޮކްޓޯބަރު 2025

Advertisement

ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

19 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި  ބުނީ، މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހިލަތައް އެ ސަރަޙައްދަށް ބޭލުމުގެ މަސައްކަތް ކަމަށެވެ.

މިލަންދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް މިހާރުގެ ބަނދަރުން ފުންކުރުން
  • 70400 ކިއުބިކް މީޓަރުގެ ބޮޑު ސަރަޙައްދެއް އައު ބަނދަރުން ފުންކުރުން
  • 8400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކުރުން
  •  93 މީޓަރު ސަރަޙައްދުގައި ރިވެޓްމެންޓް ޖެހުން

މިލަންދޫގެ ބަނދަރު ކުޑަވުމުން، ވިޔަފާރިވެރިންނާއި، ލޯންޗާއި، މަސްދޯނި ފަދަ އުޅަދުތައް ގެންގުޅޭ ފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހެއެވެ. އެހެންކަމުން ބަނދަރު ތަރައްޤީގެ މަސައްކަތް ނިމުމުން، ރަށުގައި ދިރިއުޅޭ ފަރާތްތަކަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އަރާ ފޭބުމުގައި ކުރިމަތިވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު