ENGLISH

14 ޑިސެމްބަރު 2025

Advertisement

ކ. ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކުރިއަށް

19 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ކ. ގުޅީ ސްކޫލްގައި ތަރައްޤީކުރާ ހަ ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އިމާރާތުގެ، ފުރަތަަމަ ފަންގި ފިލާގެ ބާރ ބެންޑިންގ އާއި ފްރޭމް ވޯކް ހެދުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.

ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު