ENGLISH

19 އޮކްޓޯބަރު 2025

Advertisement

އެމްޑީޕީއަކަށް ތާއީދެއް ނެތް، ބޮޑުތަނުން ނޫނެކޭ ބުނެ ވެރިކަމުން ދުރުކުރީ އެހެންވެ: މެންބަރު ސިނާން

19 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސިނާން ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

އިދިކޮޅު އެމްޑީޕީއަކީ އެއްވެސް ތާއީދެއް ނެތް ޕާޓީއެއް ކަމަށާއި، ދިވެހި ރައްޔިތުން ބޮޑުތަކުން ނޫނެކޭ ބުނެ އެމްޑީޕީ ވެރިކަމުން ދުރުކުރީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ. 

ޕީއެންސީއަށް ނިސްބަތްވާ މެންބަރު މިފަދައިން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ސިނާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެހެން ޕާޓީއަކުން ވެރިކަންކުރާނަމަ، ރަނގަޅު ހަމަ އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ނުހެދުން ކަމަށެވެ. އެމްޑީޕީގެ ދުވަސްވަރު ބޮޑެތި ވައްކަންތަކާއެކު ދިވެހިންނަށް ކުރިމަތިވީ ނިކަމެތިކަން ކަމަށް މެންބަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

"ރޯމާ ދުވާލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގަ އަޅުގަނޑުމެންގެ ހިތްވަރުގަދަަ ރައީސް ނުކުނެވަޑަިގަތީ މި ނުލަފާ މީހުން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކޮއްދެއްވުމަށް. ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯއެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ އެހެންވެ،" މެންބަރު ސިނާން ވިދާޅުވިއެވެ. 

ސިނާން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޚަރަދު ކުޑަކޮށް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފައްޓަވައިދެއްވަމުން ކަމަށާއި، އެމަންޒަރު އެމްޑީޕީ މެންބަރުންގެ ހިތަށް ކުޅަދާނަ ނޫން ކަމަށެވެ. އެހެންވެ، އެމްޑީޕީއަށް މިއަދު ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ކަމަށް މެންބަރު ސިނާން ވިދާޅުވިއެވެ. 

ސިނާން މިފަދައިން ވިދާޅުވިއިރު، އެމްޑީޕީން އަންނަނީ ސަރުކާރަށް ޕްެރެޝަރުކުރަން އެއްވުންތައް ބާއްވައި ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަމުންނެވެ. އެ ޕާޓީން އޮކްޓޫބަރު މަހު ވަނީ އެއްވުމެއް ވެސް ބާއްވައިފަވެ. އެ އެއްވުމަށް އެޕާޓީން ހީކުރި ވަރަށްވުރެ ލިބުނު ތަރުހީބު ކުޑައެވެ. 

ކިޔުންތެރިންގެ ހިޔާލު