ENGLISH

19 އޮކްޓޯބަރު 2025

Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ

19 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ބަންޑުން ޖަހާލި ކޮޅުވެއްޓި. ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު ތުޅާގިރި ކައިރިން ބަންޑުން ޖަހާލައި އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ކޮޅުވެއްޓިން ގެއްލިގެން ހޯދަމުން ދިޔަ ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. 

އެމްއެންޑީއެފްއިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގެއްލިގެން ހޯދަމުން ދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުއްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. 

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ތިން މީހަކު ގެއްލުނެވެ. އެންމެ ފުރަތަމަ ފެނުނީ ދިވެހި މީހާގެ ހަށިގަނޑެވެ. އެއީ ގއ. ދާންދޫ، ސަރުސޫނުގެ، އަޙްމަދު ޝިފާން (38އ) އެވެ. މަރުވެފައި އޮއްވާ ދެން ފެނުނީ އިންޑިއާ މީހާގެ ހަށިގަނޑެވެ. ނުފެނިގެން ހޯދަމުން ދިޔައީ ސްރީ ލަންކާ މީހާގެ ހަށިގަނޑެވެ. 

ކޮޅުވެއްޓީގައި ހަތް މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން ހަތަރު މީހަކު އެރޭ ސަލާމަތްކުރިއެެވެ. ގެއްލިގެން ހޯދި ތިން މީހުންގެ ތެރެއިން ސްރީ ލަންކާ މީހާ ހޯދުމުގެ މަސައްކަތް މިދިޔަ ދުވަސްތަކުގައި އެމްއެންޑީއެފުން ފުޅާކުރިއެވެ. 

ކޮޅުވެއްޓި އަޑިއަށް ދިއުމުގެ ހާދިސާ ހިނގީ، މާލެއިން ފުރައިގެން ކ. އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު