ENGLISH

19 އޮކްޓޯބަރު 2025

Advertisement

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން؛ 36 ރަށުގައި ސްޓޭޝަން އިމާރާތްކުރަން އިޢުލާނުކޮށްފި

19 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ށ. މިލަންދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ޚިދުމަތް ދޭނެ އިމާރާތްތަކާއެކު މުޅި ރާއްޖެއަށް ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން 36 ރަށުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ. 

ފުލުހުން ގެޒެޓުގައި ކުރި އިޢުލާނުގައި ވަނީ ޝައުގުވެރިވާ ފަރާތްތަކުން ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީ ވުމަށް އެދިފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 އެވެ. 

ފުލުހުން އެދުނީ [email protected] މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކުން މުޢާމަލާތު ކުރުމަށެވެ.

ފުލުހުންގެ މަރުކަޒުތައް އަޅަނީ ކޮން ރަށްތަކެއްގައި ކަމެއް އިޢުލާނުގައި ބުނެފައެއްނުވެއެވެ. ސަރުކާރުން މިހާރުވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި، ބައެއް އަތޮޅުތަކުގެ ހުރިހާ ރަށެއްގައި މިހާރު އެ ޚިދުމަތް ވަނީ ފަށައިފައެވެ. 

މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ބާރު ސްޕީޑުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރަމުންނެވެ. ފުލުހުންގެ މަރުކަޒުތައް އަލަށް އިމާރާތްކުރުމުގެ އިތުރުން ބާވެފައިވާ ފުލުހުންގެ އިމާރާތްތައް މަރާމާތުކުރުމާއި، ފުލުހުންގެ އެކަމޮޑޭޝަން އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ. 

ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރަން އިއުލާނުކުރިއިރު، ބައެއް ރަށްރަށުގައި މިހާރު ފުލުހުންގެ ޚިދުމަތް ދެނީ ބޮޑު އަގުގައި އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމާއެކު ކުލި ދައްކައިގެން ސަރުކާރުން ކުރަމުން އަންނަ ބޮޑު ޚަރަދަށް ވެސް ލުއި ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު