ENGLISH

19 އޮކްޓޯބަރު 2025

Advertisement

ގިނަ ދާއިރާތަކެއް ހިމެނޭ އެމްޕީއެލް އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފި

18 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އެމްޕީއެލްއިން މީގެކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން. މިއަހަރުގެ އިންޓާންޝިޕަށް ވަނީ ހުޅުވާލާފަ. ފޮޓޯ: އެމްޕީއެލް

ގިނަ ދާއިރާތަކެއް ހިމެނޭހެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ. 

އެމްޕީއެލް އިންޓާންޝިޕް ފުރުސަތު ހުޅުވާލީ އޮކްޓޫބަރު 16 ވަނަ ދުވަހެވެ. އެމްޕީއެލްއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޝައުގުވެރިވާ ފަރާތްތަކުން އިންޓާންޝިޕްގައި ބައިވެރިވުމަށް އޮކްޓޫބަރު 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އިންޓާންޝިޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 އިން ޑިސެމްބަރު 16 ގެ ނިޔަލަށެވެ. އެއް މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ނުވަ ދާއިރާއެއް ވަނީ ހިމަނައިފައެވެ. އިންޓާންޝިޕްގައި ހިމަނާފައިވާ ދާއިރާތަކަކީ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެޑްމިނިސްޓްރޭޝަން، ފިނޭންސް، އައިޓީ، ޕްރޮކިއުމަންޓް، މެރިން އިންޖީނިއަރިން، މެކޭނިކަލް އިންޖީނިއަރިން، އިލެކްޓްރިކަލް އިންޖީނިއަރިން އަދި ސިވިލް އިންޖީނިއަރިންއެވެ. 

އެމްޕީއެލްއިން ބުނީ އިންޓާންޝިޕްގައި ބައިވެރިވެވޭނީ ގްރޭޑް 10 ފުރިހަމަކޮށްފައިވާ އަދި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. 

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންދާނީ ތަޖުރިބާކާރު ޓީމަކުންނެވެ. ޕްރޮގްރާމްގައި ކެރިއަރ ގައިޑެންސް ސެޝަންތަކާއި ހުނަރު ތަރައްޤީކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުނަރު ތަރައްޤީކުރުމަށް ގެންދާ ސެޝަންތަކުގެ ތެރޭގައި ވިޔަފާރި ލިޔުންތައް ތައްޔާރުކުރުމާއި މައިކްރޯސޮފްޓް ވޯޑާއި އެކްސެލް އަދި ޕަވަރޕޮއިންޓް ސެޝަންތަކާއި ކޮމިއުނިކޭޝަންގެ އިތުރުން ފަސްޓް އެއިޑް އަދި ފަޔަރ ސޭފްޓީގެ ސެޝަންތައް ހިމެނޭނެއެވެ. 

އިންޓާންޝިޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3039638 ނުވަތަ 3039636 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ. 

އެމްޕީއެލްއިން އިންޓާންޝިޕް ފުރުސަތު ހުޅުވާލިއިރު، އެމްޕީއެލްގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް މުހިއްމު ގިނަ ބަދަލުތަކެއް ސަރުކާރުން އަންނަނީ ގެންނަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު