ENGLISH
03 ފެބްރުއަރީ 2026
ށ. ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
17 އޮކްޓޯބަރު 2025
|
އެންމެ މަޤްބޫލު
ށ. ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހިލަތައް އެ ސަރަޙައްދަށް ބޭލުމުގެ މަސައްކަތް ކަމަށެވެ.
ރަށް ގިރުމުގެ މަސައްލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ފުނަދޫ އަކީ މީގެ ތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރަށުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ ޖެނުއަރީ 26، 2023 ގައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.