ENGLISH

17 އޮކްޓޯބަރު 2025

Advertisement

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ސައުދީން ވަނީ ނިންމާފައި: ހައްޖު ކޯޕަރޭޝަން

17 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް. --ފޮޓޯ: ޕީއެސްއެމް

ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދަ މީންނަށް އަންނަ އަހަރުގެ ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ހިތުގެ ބައްޔާއި ކިޑްނީ ބަލި، ނާރުގެ ބަލި ހަނދާން ނެތޭ ބަލި ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރުމަށް ނިންމާފައިވާ ކަމަށް ސައުދީ ހައްޖު މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ. 

އެހެންކަމުން ހައްޖު ކޯޕަރޭޝަނުން މިހާރު ނިންމާފައި ވަނީ ހައްޖުގެ ފުރުސަތު ލިބޭ ފަރާތްތައް ދުރާލާ މެޑިކަލް ޓެސްޓްތައް ހެދުމަށެވެ. އަދި މެޑިކަލް ރިޕޯޓްތަައް ހައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމުތަކުން ޗެކްކޮށް އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ނަމަ އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހައްޖު ވިސާ ލިބޭނެކަން ކަށަވަރުވާނީ ރިޕޯޓްތައް ސައުދީ ހައްޖު މިނިސްޓްރީ އަށް ފޮނުވުމުން އެ ފަރާތުން އެކަނބް ޔަގީން ކުރުމުން ކަމަށް ޝަކީލް ވިދާޅުވި އެވެ. 

"މިހެން ދެންނެވި ނަމަވެސް ބައްޔެއް އަދި ހުރިނަމަވެސް ވިސާ ނުލިބޭނެއެކޭ އެކޭ ނޫން. މިސާލަކަށް އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގައި އަދި މައްސަލަތަކެއް ނާންނާނެ. އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ ސައުދީގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުން ވެސް. އެހެންވީމަ ހައްދަވަންޖެހޭ ޓެސްޓުތަކެއް ހައްދަވައި، އެ ބޭފުޅެއްގެ ސިއްޙީ ހާލަތު ހުރި ގޮތް ހާމަވީމަ އޭގެ އެއްޗެއް ދަންނަވާލަން އެނގޭނީ،" ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ހައްޖުގެ ޖާގަ ލިބިފައިވާ މީހަކަށް، ބޮޑު ބައްޔެއްގެ ސަބަބުން ހައްޖު ވިސާ ނުލިބިއްޖެ ނަމަ އެމީހަކު އިޚްތިޔާރުކުރާ އެހެން މީހަކު އެ ޖާގަ ދެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު