ENGLISH
06 ޖުލައި 2025
މެލޭޝިއާ އާއި ދިވެހި ސަރުކާރާ ދެމެދު 560 ސްކޮލަރޝިޕްގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
28 ނޮވެމްބަރު 2024
|
މެލޭޝިއާގެ ތަޢުލީމީ ދާއިރާ އާއި ދިވެހި ސަރުކާރާ ދެމެދު ފަހުމްނާމާގައި ސޮއިކުރި ރަސްމިއްޔާތު
މެލޭޝިއާ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށް، ދިވެހި ދަރިވަރުންނަށް 560 ސްކޮލަޝިޕްގެ ފުރުސަތު ތަނަވަސްކޮށްދީފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދެވެ.
މި އެއްބަސްވުމުގެ ދަށުން ލިބޭ ސްކޮލަރޝިޕްތައް ދެވޭނީ މެލޭޝިއާގެ ޚާއްޞަ މަރުކަޒުތަކެއްގައި ކިޔެވުމަށެވެ. މި ސްކޮލަރޝިޕްތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ލިބި، އެ ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އުންމީދުކުރައްވައެވެ.
މި އެއްބަސްވުން ގާއިމްކޮށްފައި ވަނީ އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސަސް (އީއެމްޖީއެސް) އާއި ދިވެހި ސަރުކާރާ ދެމެދު އެވެ.