ENGLISH

17 އޮކްޓޯބަރު 2025

Advertisement

ކޮޅުވެއްޓި ބަނޑުން ޖަހާލުން: އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

16 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކޮޅުވެއްޓި ބަނޑުން ޖަހާލުން --

މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަނަވަރު ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާއިރު މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ބަންޑުންޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރި އެވެ.

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފައެވެ. އަދި އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހެނދުނު ވަނީ ކަނޑުގެ އަޑިން ނަގައިފަ އެވެ.  

މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ދާންދޫ ސަރުސޫނުގޭ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ފަހުން އެމްއެންޑީއެފުން ދެންމެ ބުނީ އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެއީ ބިދޭސީ އެކެވެ. ދެން ނުފެންނަނީ ވެސް ބިދޭސީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު