ENGLISH
16 އޮކްޓޯބަރު 2025
ނައިފަރަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، 4 މީހަކަށް އަނިޔާވެއްޖެ
16 އޮކްޓޯބަރު 2025
|
ނަސްރު ބޯޓު، ފޮޓޯ: އެމްއެންޑީއެފް
މާލެއިން ޅ.ނައިފަރަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް ބޯޓުގައި ދަތުރުކުރި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
ގައުމީ ދިފާއީ ބާރުން ބނެފައިވާ ގޮތުން އަޑިއަށް ދިޔަ ބޯޓަކީ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓުގައި ދަތުރުކުރި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އެ ބޯޓު ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓުތައް ލިބުމާއެކު ސިފައިންވަނީ އެ ބޯޓު އޮތް ސަރަހައްދަށް ގޮސް، އެ ބޯޓުގައި ތިބި ފަސް މީހުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދަށް ނަގައިފައެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ލިބުނު ގޮތުގައި އެ ބޯޓުގައި ތިބި ފަސް ފަޅުވެރިންގެ ތެރެއިން ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.
އެއިން އެކެއްގެ ހާލަތު ވަރަށް ބޮޑަށް ގޯސްކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ނަސްރު ބޯޓު ދިޔަވެ އަޑިއަަށް ގޮސްފައިވެއެވެ.