ENGLISH

17 އޮކްޓޯބަރު 2025

Advertisement

އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮޮގްރާމެއް ފުވައްމުލަކުގައި ފެށިގެން ކުރިއަށް ދަނީ

16 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުވައްމުލަކުގައި ފެށުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް، ފުވައްމުލަކު ސިޓީގައި ފަށައިގެން ކުރިއަށްދާ ކަމަށް އިސްލާމް މިނިސްޓްރީ އިން ބުނެފިއެވެ. މިކަން ހިއްސާކޮށްފައިވަނީ އިސްލާމް މިނިސްޓްރީގެ އެކްސް އެކައުންޓްގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ފުވައްމުލަކުގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ޖުމްލަ 42 ބައިވެރިއަކު ބައިވެރިވެފައިވާ ކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ، ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރަށްރަށަށް ދިމާވެފައިވާ ޚަތީބުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމާއި، ޒުވާނުންގެ ހިތްތަކުގައި ދީނަށް ލޯބިކުރުން އާލާކުރުމާއި، އަދި އެކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުތުބާ ކިޔުމަށް ޝައުގުވެރިކަން އުފެއްދުމެވެ. 

މި ޕްރޮގްމާގެ ތިން ބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު