ENGLISH
16 އޮކްޓޯބަރު 2025
ހދ. ކުރިނބީ ބަނދަރު އެއްގަމު ތޮށީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
16 އޮކްޓޯބަރު 2025
|
ހދ. ކުރިނބީގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެެއްގަމު ތޮށީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަސްރޫޢަށް ބޭނުންވާ އެއްގަމު ތޮށި ( ކްއޭ ވޯލް) ބްލޮކްގެ ހަތަރުވަނަ ޝިޕްމެންޓް ، ޕްރޮޖެކްޓް ސައިޓަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މިހާރު އެއްގަމު ތޮށި (ކުއޭ ވޯލް) ބޮލްކްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާރު މުޅި މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަން އެމްޓީސީސީގެ ޕްރޮޖެކްޓު އަޕްޑޭޓް ސައިޓުން ދައްކައެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން އެކްސަސް ޕްލެޓްފޯރމެއް ގާއިމުކުރުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައިީސުލް ޖުމުހޫރިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރިނބީއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވީ،ކުރިނބީގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށު ކައުންސިލުން އެދުނު ގޮތަށް ބަނދަރާއެކު އެރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު މަޝްރޫޢުތައް ދެވަނަ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަވާނެކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 40.56 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ޖޫން 4، 2023 ގައެވެ.