ENGLISH

16 އޮކްޓޯބަރު 2025

Advertisement

ކޮޅުވެއްޓި ބަނޑުން ޖަހާލައި އެކަކު މަރުވެ ދެ މީހުން ގެއްލިއްޖެ

16 އޮކްޓޯބަރު 2025

|

ހަސަން އާމިރު

މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަނަވަރު ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އެކަކު މަރުވެ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މިހާތަނަށް މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ބަންޑުންޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރިކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފައެވެ. އަދި އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހެނދުނު ވަނީ ކަނޑުގެ އަޑިން ނަގައިފަ އެވެ.  

މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ދާންދޫ ސަރުސޫނުގޭ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު