ENGLISH

15 އޮކްޓޯބަރު 2025

Advertisement

ނަރުދޫގައި ޞިއްޙީ މަރުކަޒު އިމާރާތްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

15 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ނަރުދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ށ. ނަރުދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ މަޝްރޫޢާއި ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަރުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައެވެ. 

ނަރުދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. ނަރުދޫގެ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. 

ޞިއްޙީ މަރުކަޒުގެ އެއްބަސްވުމުގައި ޞިއްހަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ސޮއިކުރެއްވިއިރު އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. 

ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 180 ދުވަހެވެ. އެ މަޝްރޫޢަށް 20.05 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މަޝްރޫޢުގެ ދަށުން 565 މީޓަރުގެ ގްރޯއިން ޖެހުމާއެކު 30,540 ކިއުބިކް މީޓަރުގެ ވެލިގޮނޑޮދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ނަރުދޫގައި ވަނީ އިތުރު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. 

ނަރުދޫގައި މިއަދު ފެށި މަޝްރޫޢުތަކަކީ ފިޓްނެސް ސެންޓަރާއި ކުނިމެނޭޖްކުރާ މަރުކަޒު އަދި ފުލުހުންގެ މަރުކަޒުގެ މަސައްކަތެވެ. 

ކިޔުންތެރިންގެ ހިޔާލު