ENGLISH

15 އޮކްޓޯބަރު 2025

Advertisement

ނަރުދޫގެ ފިޓްނެސް ސެންޓަރާއި ކުނިމެނޭޖްކުރާ މަރުކަޒު އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

15 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ށ. ނަރުދޫގެ ފިޓްނެސް ސެންޓަރާއި ކުނި މެނޭޖްކުރާ މަރުކަޒު އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ނަރުދޫ އަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަރުދޫގެ ފިޓްނެސް އެންޑް ރިކްރޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދެވެ. އެބޭފުޅުންގެ އަރިހުގައި ނަރުދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެންބަރު ހަސަން މުފީދާއި ނަރުދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ނަރުދޫގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އަދި މަޖިލިސް މެންބަރު ހަސަން މުފީދާއި ނަރުދޫ ކައުންސިލްގެ ރައީސް އެވެ.

ނަރުދޫގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހެވެ. އަދި އެބޭފުޅުންގެ އަރިހުގައި މަޖިލިސް މެންބަރު ހަސަން މުފީދާއި ނަރުދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

މި ހުރިހާ ރަސްމިއްޔާތެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު