ENGLISH

15 އޮކްޓޯބަރު 2025

Advertisement

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ގޮތް ރައީސް ސާފުކޮށް ދެއްވައިފި

15 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާއިރު އޭގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފި އެވެ.

ރައީސް އެކަމުގެ ތަފްސީލު ހިއްސާކުރެއްވީ މިރޭ ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އަތޮޅުތެރެއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާފަ އެވެ. އޭގެ ތެރޭގައި އެމްއޭސީއެލްއާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެ އެވެ.

އެ މަޝްރޫޢުތައް ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަން ދެއްވަވާ ރައީސް މިރޭ ވަނީ އެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމްއޭސީއެލުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ.

އެގޮތުން ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫޢުގެ ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު