ENGLISH

15 އޮކްޓޯބަރު 2025

Advertisement

ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހަތަރު މީހަކު ހައްޔަރު ކޮށްފި

14 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އެމްޕީއެލް ސަރަޙައްދު

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފި އެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމާއި ގުޅިގެން ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފަ އެވެ.

ފުލުހުޖން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ފެށި ތަހުޤީޤުގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ މިރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރީންނާއި ކަސްޓަމްގެ އިސް މުވައްޒިފެއްގެ އިތުރުން އިތުރު މީހެކެވެ.

މި މައްސަލައާ ގުޅިގެން ކުުރިއަށް ގެންދާ އޮޕަރޭޝަން މިރޭ ވެސް ކުރިއަށްދާ ކަމަށާ މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު