ENGLISH

15 އޮކްޓޯބަރު 2025

Advertisement

ލަންކާގެ އިމިގްރޭޝަންގެ އުސޫލަށް ބަދަލެއް: އީޓީއޭ ފުރަން ހަނދާންކޮށްދީފި

14 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ލަންކާގެ މައި ވައިގެ ބަނދަރު --

ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާ އިން އިލްތިމާސް ކޮށްފި އެވެ.

މި ބަދަލު މާދަމާ އިން ފެށިގެން ގެންނާނެ އެވެ. އެ ގޮތުން މާދަމާ އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން އެއް ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) މި ފޯމް ފުރިހަމަކުރަން ޖެހެއެވެ.

މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޚާރިޖިއްޔާއިން ބުންޏެވެ.

"...އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ," ޚާރިޖިއްޔާގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު