ENGLISH
14 އޮކްޓޯބަރު 2025
ށ. ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި
14 އޮކްޓޯބަރު 2025
|
ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން --
ށ. ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ކޮަމަންޑޫގައި އެއާޕޯޓެއް އަޅަން ނިންމާ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ށ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑޫއަށް މިއަދު ވަޑައިގެންނެވެ.
މި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޑެޓާއި އެވެ. މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ކޮމަންޑޫގެ އިތުރުން ށ އަތޮޅު ބިލެތްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ނިންމާ އެ މަޝްރޫޢު އިއްޔެ ވަނީ ރަަސްމީކޮށް ފަށާފަ އެވެ. އަދި އެ މަޝްރޫޢު ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.