ENGLISH
06 ޖުލައި 2025
މޫދުން ނެގި މީހާ ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ
27 ނޮވެމްބަރު 2024
|
ދަރުމަވަންތަ އާއި ދިމާ މޫދުން ނެގި މީހާ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ މަރުވެއްޖެކަން އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އުމުރުން 55 އަހަރުގެ މީހެއްކަން ހާމަކުރިނަމަވެސް އޭނާގެ ނަމެއް އަދި ރަށެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ އޭނާގެ ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެ ޒަހަމްތައް ލިބުނީ އުޅަނދެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނިޔާތަކާ އެކު މޫދުން އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.