ENGLISH
13 އޮކްޓޯބަރު 2025
ވާކްޕާމިޓް މެޑިކަލް ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
13 އޮކްޓޯބަރު 2025
|
ހެލްތް މިނިސްޓްރީ --
ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ތެރޭގައި ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ފަރާތްތަކުގެ ވާރކްޕާމިޓް މެޑިކަލް އާ ބެހޭގޮތުން ދެވޭ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އިން ބުނީ ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ތެރޭގައި މައްސަލަ ޖެހޭ ފަރާތްތަކަށް ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލު ގެނެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ވާރކްޕާމިޓް މެޑިކަލް ހަދާ ފަރާތްތަކުގެ ތެރެއިން އިތުރަށް ޓެސްޓް ކުރަންޖެހޭ ފަރާތްތައް އައިޖީއެމްއެޗް އަށް ފޮނުވުމާއި، ތައްގަނޑު ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އަށެވެ.