ENGLISH
13 އޮކްޓޯބަރު 2025
ވާކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެެއްޓުމުގައި އިތުރު ފަސޭހަތަކެއް
13 އޮކްޓޯބަރު 2025
|
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް --
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވާކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ދީފި އެވެ.
ދާހިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ އިން ބުނީ ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާއި ނުލައި އެ ފީތައް ފަހުން ދައްކައި ހަލާސްކުރުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވާކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ގޮތުގެ މަތީން ބާތިލުކުރެވޭ ވާކް ޕާމިޓްތަކުގެ ކޯޓް ސްލޮޓް ރިލީޒްކުރެވޭނީ އެ ޕާމިޓްތަކާއި ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކާ ހަލާސްކުރުމުންނެވެ.