ENGLISH

14 އޮކްޓޯބަރު 2025

Advertisement

ހަތަރު ފުރޮޅުލީ އުޅަނދަށް ޚާއްސަ ޒޯންތަކުގައި ޕާކުކުރާ ސައިކަލުތައް ޓޯ ކުރަނީ

13 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިތަންތާގައި ޕާކުކުރާ ސައިކަލުތައް ދެން ޓޯ ކުރާނެ

މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ވަނީ އެކަން ހާމަކޮށް ޕޯސްޓެއް ކޮށްފަ އެވެ.

ފުލުހުން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަން ކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރުމަށް އެދޭ ކަަމަށެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ގިނައިން ސައިކަލު ބަހައްޓަނީ ކާރުތަކުގެ ވެރީންނެވެ. އެ މީހުން އެފަދަ ޒޯންތަކުގައި ސައިކަލު ބަހައްޓަނީވެސް ހުރަހަށް ބޮޑު ސަރަޙައްދެއް ގެއްލޭ ގޮތަށެވެ. އެއީ ކާރު އަލުން ޕާކުކުރަން އެ ސަރަޙައްދު ބޭއްވުމުގެ ބޭނުމުގަ އެެވެ.

ކިޔުންތެރިންގެ ހިޔާލު