ENGLISH

14 އޮކްޓޯބަރު 2025

Advertisement

ބަދަލު ދިނުމުގެ ނަމުގައި ސޯލިހް ސަރުކާރުން ހިންގި ޚިިޔާނާތް: ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

13 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަޙުޤީޤަށް ހާޒިރުވާން ކުރީގެ ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތަށް ވެސް އެ ކޮމިޝަނުން އަންގައިފި އެވެ.

އޭސީސީން ދަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގި ޚިޔާނާތާއި ގުޅޭ އެކި މައްސަލަތައް ބަލަމުންނެވެ. ޚާއްސަކޮށް ބަދަލު ދިނުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ހިންގި ޚިޔާނާތާއި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ކޮށްފައިވާ ކަންކަން ބަލާ ތަހުޤީޤު ކުރަމުންނެވެ.

އޭސީސީން މިއަދު ވަނީ އެ ކޮމިޝަންގެ ތަޙުޤީޤަށް ހާޒިރުވާން ކުރީގެ ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތަށް އަންގާފަ އެވެ. އޭގެ ކުރީން ސޯލިހް ސަރުކާރުގެ ތިން ވަޒީރުން ކަމަށްވާ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަނީ ތަހުގީގަށް ހާޒިރުވާން އަންގާފަ އެވެ.

މިއީ އޮލްޓަރނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީންގައި ހިމެނޭ ބޭފުޅުންނެވެ. މި ކޮމެޓީން ނިންމައިގެން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން -- ރައީސް ސޯލިހްގެ ވެރިކަމުގައި އެ ވެރިކަމުގައި އިސްކޮށް ތިބި އެތައް ބަޔަކު ހިންގާ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ނިންމި އެވެ. އެ ގޮތުން ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބަހާލަން ނިންމާފައި އޮތެވެ.

މިއީ އެކަމަށް މަގު ފަހިކުރަން ސަރުކާރުގެ ވެރީން ހިމެނޭހެން ރައީސް އޮފީހުގައި އޮތީ ކޮމެޓީ އެކެވެ. ރައީސް މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެ ކޮމެޓީ އުވާލައްވާފަ އެވެ. އަދި ބަދަލު ދިނުން ހުއްޓުވި އެވެ.

ކިޔުންތެރިންގެ ހިޔާލު