ENGLISH

13 އޮކްޓޯބަރު 2025

Advertisement

ނުރައްކާތެެރި ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެވުމުން ރައީސްގެ ޝުކުރު

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ބޮޑު ތިން ބައްޔެއް ނުފެތުރޭ ފުރަތަމަ ގައުމަކަށް ދިވެހި ރާއްޖެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޢުލާން ކުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި، މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މި ތާރީޚީ ކާމިޔާބު ހޯދި ފުރަތަމަ ޤައުމުކަމުގައި ބަޔާންކުރައްވައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރައްވާފައެވެ

ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ. މިއީ އާންމު ޞިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސް މެއެވެ.

ހަމަމިއާއެކު، މިއީ ސަރުކާރާއި، ޞިއްޙީ ދާއިރާގެ ޕްރައިވެޓް ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހީ ދާއިރާއިން މި ބޮޑު ކުރިއެރުން ރާއްޖެ އިން ހޯދާފައި ވަނީ މައިންގެ ގައިން ތުއްތު ދަރިފުޅަށް ހެޕަޓައިޓިސް ބީ ނުފެތުރޭ ގައުމަކަށް ރާއްޖެ ވެއްޖެކަން ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވަނީ މައިންގެ ގައިން ތުއްތު ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ނުފެތުރޭ ގައުމަކަށް ރާއްޖެވެފައިވާކަން އިޢުލާންކޮށްފަ އެވެ. އެހެންކަމުން ދިވެހި ރާއްޖެ މިވަނީ މި ބޮޑު ތިން ބަލި ނުފެތުރޭ ފުރަތަމަ ގައުމަކަށްވެފައިވާކަން ޑަބްލިއުއެޗްއޯ އިން ހާމަކޮށްފަ އެވެ.

ދިވެހި ރާއްޖެ އިން ހޯދި ކާމިޔާބީއާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ ރާއްޖެ އިން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު