ENGLISH
10 އޭޕްރީލު 2025
ލެވަންޑޯސްކީގެ ދެ ގޯލާ އެކު ބާސެލޯނާ ތާވަލުގެ ދެވަނައަށް
27 ނޮވެމްބަރު 2024
|
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބްރެސްޓްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާއިން ތާވަލުގެ ދެވަނައަށް އަރައިފިއެވެ.
މިހާތަނަށް ބާސެލޯނާއިން ފަސް މެޗު ކުޅެފައިވާ އިރު ހަތަރު މެޗުގައި ޖުމްލަ 18 ގޯލު ވަނީ ޖަހައިފައެވެ.
ބާސެލޯނާ އިން މުޅި މެޗުގެ 77 އިންސައްތަ ޑޮމިނޭޓްކޮށްފައިވާ މި މެޗުގައި ބްރެސްޓަށް ބާސެލޯނާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ އެވެ.
ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ.