ENGLISH

24 ޖޫން 2026

Advertisement

އެމްއޭސީއެލްގެ ބޯޑަށް ނާޞިފު, އޭއައިއޭގެ ބޯޑަށް ޝެރީނާ

24 ޖޫން 2026

|

އަޙުމަދު ޙަމީދު

ނާޞިފު އަދި ޝެރީނާ

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

‏ޕީސީބީން މިއަދު ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ސ.ހުޅުދޫ، ރިވަރސައިޑު އަޙްމަދު ނާޞިފު، އައްޔަނުކުރައްވާފައިވާ ކަމަށެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރެއްވީ މިއަދުން ފެށިގެންނެވެ.

‏އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވީ ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ޞާލިޙް އެވެ. ޕީސީބީން ބުނީ ޝެރީނާ އެ މަޤާމަށް އައްޔަނުކުރީ މިއަދުން ފެށިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު