ENGLISH

06 ޖުލައި 2025

Advertisement

ގާޒާ ރައްޔިތުންނަށް އެހީވުމަށް އެއްލައްކަ ޑޮލަރު

27 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ (ކިއުއާރްސީއެސް) އާ ހަވާލުކޮށްފި އެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާއި މިސްކީނުންނަށް އެހީވާން އުފައްދާފައިވާ ފަންޑެކެވެ. އެކަން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފަ އެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުން ޒަކާތު ހައުސްގެ މަގުސަދުގެ ތެރޭގައި ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީ އާ ކިއުއާރްއެސް އާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ކިއުއާރްއެސްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީ އެވެ.

ޒަކާތު ފަންޑުން ގާޒާއަށް ފޮނުވާ އެއްލައްކަ ޑޮލަރު ކިއުއާރްއެސްސީ އާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކިއުއާރްއެސްއިން ކުރިއަށް ގެންދާ މަޝްރޫއުއަށެވެ.

މީގެކުރިން އިސްލާމިކް މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު