ENGLISH
05 ޖުލައި 2025
56.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2024
|
2025 ގެ ބަޖެޓް - ފޮޓޯ؛ މަޖިލީސް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުމަށް 70 މެމްބަރުން ވޯޓު ދީފައިވާއިރު ބަޖެޓް ފާސްކުރުމާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ 11 މެމްބަރުންނެވެ.
ފާސްކުރި ބަޖެޓުގެ ތަފްސީލު:
އިގުތިސާދު ހީނަރުވެ، ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވެއެވެ.