ENGLISH
05 ޖުލައި 2025
އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރު އިތުރުވެ ތިޔާގިވާނެ: ރައީސް
27 ނޮވެމްބަރު 2024
|
އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ފެށުމުން އަންދާޒާކުރި ވަރަށް ވުރެ ޑޮލަރު އިތުރުވެ، ތިޔާގި ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު (ފޮޓޯ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން އެމްއެމްއޭއަށްނ ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވާއިދުގައިވާ އިތުރަށް ހަރުދަނާކޮށް "ބޭރު ފައިސާއާ ބެހޭ" ބިލެއް ޑްރާފްޓްކޮށް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލާފަ އެވެ.
ޑްރާފްޓުގައި ޓޫރިޒަމް ފެސިލިޓީތައް ދެ ކެޓަގަރީއަށް ބަހާލާފައިވާއިރު ލުއިތައް ގެނައީ ކެޓަގަރީތަކަށް ގެނައި ބަދަލުންނެވެ. އަދި ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަށް ޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި ގޮތަށް ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާ އާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
"އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުން ވެސް ވަކި ވަރަކަށް ވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭ ނަމަ، ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހިމަނާފައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވެގެންދާނެ،" - ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބެގެން ދާނެ ކަމަށެވެ. އެގޮތުން،
ރައީސް ވަނީ ރައްޔިތުންނަށް ފައިދާހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އާންމުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.