ENGLISH

05 ޖުލައި 2025

Advertisement

މަޖިލީހުގެ ދައުރު 15 ޑިސެމްބަރަށް ދަންމާލައިފި

27 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ރައްޔިތުން މަޖިލީހުގެ މިހިނގާ ދައުރު އިތުރު ކުރުމަށް ނެގި ވޯޓު

ރައްޔިތުން މަޖިލީހުގެ މިހިނގާ ދައުރު ޑިސެމްބަރު 15 އާ ހަމައަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރުގެ މުއްދަތު އިތުރުކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 68 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރެކެވެ. 

ރައްޔިތުން މަޖިލީހުގެ ގަވައިދު ބުނާގޮތުން، ނޮވެބަރު 30 އަކީ މި ދައުރުގެ ފަހު ދުވަހެވެ. އެހެން ނަމަވެސް ދައުރު ދަންމާލަން ފާސްކޮށްފައި ވަނީ މަޖިލީހުގައި ނިންމަން ހުރި މުހިންމު މަސައްކަތަކެއް ހުރުމުންނެވެ. 

ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް މަޖިލީހުން ހާމަކުރައްވައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު