ENGLISH
11 އޭޕްރީލު 2025
ގާޑިއޯލާގެ އިތުބާރު ސިޓީގެ ކުޅުންތެރިންނަށް ގެއްލިއްޖެ
27 ނޮވެމްބަރު 2024
|
މެންޗެސްޓާރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާރ ސިޓީން 3-0 ގެ ލީޑެއް ނަގައިފާ ވަނިކޮށް ފަހަތުން އަރައި ފޭނޫޑް އެއްވަރުކޮށްފިއެވެ.
ކުރިން ކުޅުނު ފަސް މެޗުން ބަލިވެފައި އޮތް ސިޓީގެ ކޯޗު ޕެޕް ގޯޑިއޯލަށް މިއީ ލަދުވެތި ނަތީޖާއެކެވެ. ގާތްގާތުގައި ޓީމު ބަލިވަމުންދާތީ ގާޑިއޯލާ ބުނީ ކުޅުންތެރިންނަށް އޮތް އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.
"އަހަރެމެން ކޮޅަށް މިހާ ބައިވަރު ގޯލު މިވަނީ ޓީމު ހަމަޔަކަށް ނޭޅި، ހާސްކަމުގައި ކުޅޭތީ،" ގާޑިއޯލަ ބުންޏެވެ. "އަހަރެމެން ތިން ލަނޑުގެ ލީޑެއްގައި އޮތްއިރު އިތުބާރާ އެކު ރަނގަޅަށް ކުޅުނީ. އެކަމަކު ފުރަތަމަ ގޯލު ވަނުމާ އެކު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ."